Surah Al-Inshiqaq - HSC Islam Notes

November 5, 2017 | Author: Ahmed Shaffan Mohamed | Category: N/A
Share Embed Donate


Short Description

Surah Al-Inshiqaq - HSC Islam Notes (CHSE)...

Description

‫‪1‬‬

‫سورة إلانشلاق‬ ‫ސޫރަތުގެ މައުޟޫޢު‪:‬‬ ‫ޤިޔާމަތް ދުވަހާއި އެދުވަހުގެ ބިރުވެރިކަން އަދި އިންސާނުންގެ ޙާލަތާއި އެމީހުންގެ ޖަޒާގެ ވާހަކަ‪.‬‬

‫ފުތަރަމަ ‪ 5‬އާޔަތުގެ ތަފްސީރު‪:‬‬ ‫‪    ‬‬

‫[އުޑުފަޅަފަޅައިގެންދާ ހިނދެވެ‪].‬‬

‫‪ -:  ‬އުޑު‬

‫‪ -: ‬ފަޅައިގެންދިއުން‬

‫‪    ‬‬

‫[އަދި އެ އުޑުގެ ވެރިރަސްކަލާނގެ‬

‫أمرފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ‪.‬‬

‫އެ އުޑަށް އެކަން حقވެގެންވެއެވެ‪].‬‬

‫‪ -:  ‬ޙައްޤުވުން‬ ‫‪    ‬‬

‫[އަދި ބިންގަނޑު ދެމި‪ ،‬ފެތުރިގެންދާ ހިނދެވެ‪].‬‬

‫‪ -: ‬ބިން‬ ‫‪     ‬‬

‫[އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި ‪ ،‬އެ ބިން ހުސްވެގެންދާ ހިނދެވެ‪].‬‬

‫‪ -: ‬އެއްލާލުން‪.‬‬ ‫‪ -: ‬ހުސްވުން‬

‫ސީ‪.‬އެޗް‪.‬އެސް‪.‬އީ ‪ /‬ގުރޭޑް ‪12‬‬

‫އިސްލާމް ޑިޕާޓްމަންޓް ‪2013‬‬

‫‪2‬‬

‫‪    ‬‬

‫[އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمرފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ‪.‬‬

‫އެ‬

‫ބިމަށް އެކަން حقވެގެންވެއެވެ‪].‬‬

‫‪ ‬މި ‪ 5‬އާޔަތުގައި މާތްﷲ އިޝާރާތް ކުރައްވާފައިވަނީ ޤިޔާމަތްވުމުގެ ބައެއް އަލާމާތް ތަކަށެވެ‪ .‬އެއީ‪-:‬‬ ‫‪ - 1‬އުޑު ފަޅައިގެން ދިއުން‪.‬‬ ‫‪ - 2‬ބިންގަނޑު ދެމި ފެތުރިގެން ދިއުން‪.‬‬ ‫‪ - 3‬ބިމުގެ ތެރޭގައި ވާހާ އެއްޗެއް ނެރެ އުކާލެއްވުން‪.‬‬

‫‪ 6‬ވަނަ އާޔަތުން ‪ 15‬ވަނަ އާޔަތުގެ ތަފްސީރު‪:‬‬ ‫‪         ‬‬ ‫ތިބާގެ ވެރިރަސްކަލާނގެ‬

‫[އޭ އިންސާނާއެވެ! ހަމަކަށަވަރުން ‪ ،‬ތިބާއީ ‪،‬‬

‫حضرةއަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ‪ .‬ފަހެ‬

‫‪ ،‬ތިބާ (އެ‬

‫މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ‪].‬‬

‫‪ ‬މިއާޔަތުން ދޭހަވަނީ‪ :‬ކޮންމެ މީހަކީވެސް އެމީހަކުކުރި ޢަމަލަކާއިގެން ޤިޔާމަތްދުވަހު ﷲއާއި ބައްދަލު‬ ‫ކުރަންޖެހޭ މީހެއްކަން‪.‬‬ ‫‪      ‬‬

‫[ފަހެ‪ ،‬އެމީހެއްގެ ފަތް ‪ ،‬އެމީހެއްގެ ކަނާތަށް ލިބުނު މީހާ‬

‫ދަންނާށެވެ!]‬ ‫‪‬‬

‫ميني‬

‫‪ -:‬ކަނާތް‬

‫‪ ‬شامل‪-:‬ވާތް‬

‫‪ ‬كتاب‬

‫‪ -:‬ފޮތް ‪ /‬ޢަމަލުތައް ލިޔުއްވާފައިވާ ފަތް‬

‫ސީ‪.‬އެޗް‪.‬އެސް‪.‬އީ ‪ /‬ގުރޭޑް ‪12‬‬

‫އިސްލާމް ޑިޕާޓްމަންޓް ‪2013‬‬

‫‪3‬‬

‫‪     ‬‬

‫[ފަހެ‪ ،‬ލުއިފަސޭހަވެގެންވާ حسابބެއްލެވުމަކުން‪ ،‬ނިކަންހުރެ އެމީހަކާމެދު‬

‫حسابބައްލަވާނެތެވެ‪].‬‬

‫‪:-  ‬ހިސާބު ބެއްލެވުން‬ ‫‪:-  ‬ފަސޭހަ‬ ‫‪ ‬މި އާޔަތުގައިމިވާ ފަސޭހައިން ހިސާބު ބެއްލެވުމަކީ‪ :‬އެކަލާނގެ ބައެއް އަޅުތަކުންގެ ޢަމަލުނާމާގެ‬ ‫މައްޗަށް ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައި މަޢާފު ކުރެއްވުމެވެ‪.‬‬ ‫‪     ‬‬

‫[އަދި އުފަލުންހުރެ‪ ،‬އޭނާގެ أهلވެރިންގެގާތަށް (ސުވަރުގެޔަށް)‬

‫އެނބުރިދާނެތެވެ‪].‬‬

‫‪‬‬

‫މި‬

‫‪ 3‬އާޔަތުގައި ބަޔާންކުރައްވާފައިވަނީ ކަނާތުން އެމީހެއްގެ ފަތް ލިބުނުމީހަކީ‬

‫ސުވަރުގެވަންތަވެރިއެއްކަމާއި‪ ،‬ޤިޔާމަތް ދުވަހުންލުއިވެގެންވާ ހިސާބު ބެއްލެވުމަކުން ހިސާބު ބެއްލެވޭނެކަން‪.‬‬ ‫‪       ‬‬

‫[އަދި އެމީހެއްގެ ފަތް‪ ،‬އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ‬

‫ދަންނާށެވެ‪].‬‬

‫‪ -:  ‬ބުރަކަށި‬ ‫‪    ‬‬

‫[ފަހެ‪ ،‬ނިކަންހުރެ އެމީހަކު ގޮވާނެތެވެ‪ .‬އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!]‬

‫‪ -: ‬ހަލާކަށް އެދި ގޮވުން‬

‫ސީ‪.‬އެޗް‪.‬އެސް‪.‬އީ ‪ /‬ގުރޭޑް ‪12‬‬

‫އިސްލާމް ޑިޕާޓްމަންޓް ‪2013‬‬

‫‪4‬‬

‫‪‬‬

‫‪  ‬‬

‫[އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ‪].‬‬

‫‪ ‬މި ‪ 3‬އާޔަތުގައި ބަޔާންކުރައްވާފައިވަނީ ވާތުން އެމީހެއްގެ ފަތް ލިބުނުމީހަކީ އަބާއްޖަވެރިއެއްކަމެވެ‪.‬‬ ‫އެފަދަ މީހެއްގެ ޖަޒާއަކީ ނަރަކަ ކަމެވެ‪.‬‬ ‫‪      ‬‬

‫[ހަމަކަށަވަރުން‪ ،‬އޭނާގެ أهلވެރިންގެ ގާތުގައި އުފާވެރިވެގެންވާ‬

‫މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ‪].‬‬ ‫‪      ‬‬

‫حضرةއަށް) އެނބުރި‬

‫[ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ‬

‫ނުދާނޭކަމަށް އޭނާ ހީކުޅައެވެ‪].‬‬ ‫‪       ‬‬

‫[އެހެންނަކުންނޫނެވެ‪ .‬ހަމަކަށަވަރުން ‪ ،‬އޭނާގެ ވެރިރަސްކަލާނގެ‬

‫އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ‪].‬‬ ‫‪ ‬މި ‪ 3‬އާޔަތުގައި ބަޔާންކޮށްފައިވަނީ ހަވާނަފްސަށް ތަބާވެގެންވާ މީހުންގެ ވާހަކައެވެ‪.‬‬

‫މި އާޔަތްތަކުން ނެގެވޭ ބައެއް ޢިބުރަތްތައް‪:‬‬ ‫‪‬‬

‫ﷲގެ އެންގެވުންތަކަށް ބެލުމެއްނެތި ދުނިޔޭގައި އުފަލާއި މަޖަލުގައި އުޅުނުމީހުންނަކީ އާޚިރަތުގައި‬ ‫އަބާއްޖަވެރިންކަން‪.‬‬

‫‪‬‬

‫ކާމިޔާބު ލިބިގެންވާ މީހަކީ ދުނިޔެއާއި އާޚިރަތް ޙާޞިލްކުރުމަށްޓަކާ މަސައްކަތްކުރާ މީހާކަން‪.‬‬

‫‪‬‬

‫ކޮންމެމީހަކީވެސް ﷲއާއި ބައްދަލުކުރަންޖެހޭ މީހެއްކަން ދަނެ ހެޔޮޢަމަލުކުރުމަށް‬ ‫އަވަސްވެގަންނަންޖެހޭކަން‪.‬‬

‫ސީ‪.‬އެޗް‪.‬އެސް‪.‬އީ ‪ /‬ގުރޭޑް ‪12‬‬

‫އިސްލާމް ޑިޕާޓްމަންޓް ‪2013‬‬

‫‪5‬‬

‫‪ 16‬ވަނަ އާޔަތުން ‪ 20‬ވަނަ އާޔަތުގެ ތަފްސީރު‪:‬‬ ‫‪    ‬‬

‫[ފަހެ‪ ،‬ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ‪].‬‬

‫‪ ‬كسم‪ -:‬ހުވާ‬ ‫‪‬‬

‫لشفق‪-:‬‬

‫ރަތްވިލާ‬

‫‪    ‬‬ ‫‪‬‬

‫ليل‪-:‬‬

‫‪‬‬

‫لهنار ‪-:‬‬

‫[އަދި ރޭގަނޑާއި‪ ،‬އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ‪].‬‬

‫ރޭގަނޑު‬ ‫ދުވާލު‬

‫‪ ‬وسق‪ -:‬އެއްކުރުން‬ ‫‪    ‬‬

‫[އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު‪ ،‬އެ ހަނދު ގަންދެއްވަމެވެ‪].‬‬

‫‪ ‬للمر‪ -:‬ހަނދު‬

‫‪ ‬މި ‪ 3‬އާޔަތުގައި ހުވާ ގަންދެއްވާފައިވަނީ ‪-:‬‬ ‫‪ .1‬ރަތްވިލާ‬ ‫‪ .2‬ރޭގަނޑާއި ރޭގަނޑު އެއްކުޅަހައި ތަކެތި‬ ‫‪ .3‬ހަނދު‬ ‫‪‬‬

‫މި ‪ 3‬އާޔަތުގައި ﷲ ބަޔާންކުރައްވާފައިވަނީ ވަގުތުގެ މުހިންމުކަމާއި އަދި ވަގުތަކީ ބަދަލުވެގެންދާނެ‬

‫އެއްޗެއްކަން‪.‬‬ ‫‪ ‬މި ‪ 3‬އާޔަތުގައި ރަތްވިލާ‪ ،‬ރޭގަނޑާއި ރޭގަނޑު އެއްކުޅަހައި ތަކެތި ‪ ،‬އަދި ހަނދު ގަންދެއްވައި ހުވާ‬ ‫ވަޙީކުރެއްވުމުގެ ޙިކުމަތަކީ‬

‫ޖެހިގެން އޮތް އާޔަތުގައި ބަޔާންކޮށްފައިވާ ކަންތައްތައް އިތުރަށް‬

‫ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ‪.‬‬

‫ސީ‪.‬އެޗް‪.‬އެސް‪.‬އީ ‪ /‬ގުރޭޑް ‪12‬‬

‫އިސްލާމް ޑިޕާޓްމަންޓް ‪2013‬‬

‫‪6‬‬

‫‪ ‬އަދި މި ‪ 3‬އާޔަތުގައި ރަތްވިލާ‪ ،‬ރޭގަނޑާއި ރޭގަނޑު އެއްކުޅަހައި ތަކެތި ‪ ،‬އަދި ހަނދު ގަންދެއްވައި‬ ‫ހުވާ ވަޙީކުރެއްވުމުގެ ޙިކުމަތަކީ އެތަކެތީގެ މުހިންމުކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ‪.‬‬

‫‪‬‬

‫‪    ‬‬

‫[ހަމަކަށަވަރުން‪ ،‬ތިޔަބައިމީހުން އެއް حالةއަކަށްފަހު‪ ،‬އަނެއް حالةއަކަށް‬

‫ބަދަލުވަމުން ދާނޭކަން ކަށަވަރެވެ‪].‬‬ ‫‪‬‬

‫މި އާޔަތުގެ ތަފްޞީލުގައި އަނަސްގެފާނު ވިދާޅުވަނީ‪-:‬‬

‫ ކުރީ އަހަރަށްވުރެ ފަހުގައި އަންނަ އަހަރުގެ ނުބައިކަން ބޮޑުވެގެންވުމެވެ‪.‬‬‫‪‬‬

‫އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ‪-:‬‬ ‫‪ ‬މަނިތިކި ގަނޑުލޭކޮޅަކަށް ހެއްދެވުން‪.‬‬ ‫‪ ‬ގަނޑުލޭކޮޅުމަސްކޮޅަކަށް ހެއްދެވުން‪.‬‬ ‫‪ ‬މަސްކޮޅު ކަށްޓަށް ހައްދަވައި އޭގައި މަސްލެއްވުން‪.‬‬ ‫‪ ‬އެހެން އުފެއްދެވުމަކަށް އުފައްދަވައި ފުރާނަ އެޅުއްވުން‪.‬‬ ‫‪ ‬ދުނިޔޭގައި މުއްސަނދި ތަނަވަސް މީހެއްކަމުގައި ލެއްވުން‪.‬‬ ‫‪ ‬ދުނިޔޭގައި ނިކަމެތި ފަޤީރަކު ކަމުގައި ލެއްވުން‪.‬‬ ‫‪ ‬މަރުގެންނެވުން‪.‬‬

‫‪     ‬‬

‫[އެއުރެން إيمانނުވަނީ ފަހެ‪ ،‬އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟]‬

‫‪ 21‬ވަނަ އާޔަތުން ‪ 25‬ވަނަ އާޔަތުގެ ތަފްސީރު‪:‬‬ ‫‪‬‬

‫‪       ‬‬

‫[އަދި އެއުރެންނަށް قرآنކިޔަވައިދެވޭހިނދު‪،‬‬

‫އެއުރެން‬

‫ސީ‪.‬އެޗް‪.‬އެސް‪.‬އީ ‪ /‬ގުރޭޑް ‪12‬‬

‫އިސްލާމް ޑިޕާޓްމަންޓް ‪2013‬‬

‫‪7‬‬

‫سجدةއެއް ނުކުރެތެވެ‪].‬‬

‫‪‬‬

‫‪    ‬‬

‫‪     ‬‬

‫[އަދި ކިއެއްތަ! كافرވި މީހުން (އެ قرآن) ދޮގުކުރޫއެވެ‪].‬‬ ‫[އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް ‪ ،‬اللَّهދެނެވޮޑިގަތުން‬

‫ބޮޑެވެ‪].‬‬

‫‪‬‬

‫‪   ‬‬

‫[ފަހެ‪ ،‬ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް‬

‫خبرދެއްވާށެވެ!]‬

‫‪          ‬‬

‫[إيمانވެ صالحعمل ތައް‬

‫ކުޅަމީހުން މެނުވީއެވެ‪ .‬އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ‪].‬‬

‫މި އާޔަތްތަކުން ނެގެވޭ ބައެއް ޢިބުރަތްތައް‪:‬‬ ‫‪ ‬ޤުރުއާނަށް އިޙްތިރާމްކުރަންޖެހޭނެކަން‪.‬‬ ‫‪ ‬ﷲއަށް ކާފިރުވި މީހުންނަށް ހުރި ޢަޛާބުގެ ބޮޑުކަން‪.‬‬ ‫‪ ‬ހިތްތަކުގައިވާ އެންމެހާ ކަންތައްތައް މޮޅަށްދެނެވޮޑިގެންވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން ދެނެގަނެ‬ ‫ޢަމަލުތައް އިޞްލާޙް ކުރަންޖެހޭނެކަން‪.‬‬ ‫‪ ‬އީމާންކަމާއެކު ހެޔޮ ޢަމަލު ކުރަންޖެހޭނެކަން‪.‬‬

‫واهلل أعلم و با اهلل التوفيق‬

‫ސީ‪.‬އެޗް‪.‬އެސް‪.‬އީ ‪ /‬ގުރޭޑް ‪12‬‬

‫އިސްލާމް ޑިޕާޓްމަންޓް ‪2013‬‬

View more...

Comments

Copyright ©2017 KUPDF Inc.
SUPPORT KUPDF